ޖުލައި 2018 ގެ ނިޔަލަށް 2018 އަށް ފާސްކުރި ބަޖެޓުގެ ތެރެއިން 56.2 އިންސައްތަ ހޭދަވެފައިވެއެވެ. ބަޖެޓުން ހޭދަކޮށްފައިވަނީ ރިކަރަންޓް އަދި ކެޕިޓަލް ޚަރަދަށާއި ލޯން އަނބުރާ ދެއްކުމަށާއި ކެޕިޓަލް ސަބްސްކްރިޕްޝަން އަދި އެސް.ޑީ.އެފްއަށް ކުރާ ޓްރާންސްފަރއަށެވެ. ޖުލައި 2018 ގެ ނިޔަލަށް 2018 އަށް އަންދާޒާކުރި ޖުމުލަ އާމްދަނީ އާއި ހިލޭ އެހީގެ 59.0 އިންސައްތަ ލިބިފައިވެއެވެ.