މި ބައިގައި ވަނީ ވޭތުވެދިޔަ އަހަރުތަކުގައި ހިނގާފައިވާ، އަދި ކުރިޔަށް އޮތް އަހަރުތަކުގައި ހިނގާނެކަމަށް ލަފާކުރާ ޚަރަދުގެ ތަފުސީލެވެ. މިގޮތުން، އެކި ބައިތަކަށް ޚަރަދުކުރާ ގޮތުގެ ޖުމުލަ ހިސާބާއި (ފަންކްޝަނަލް ކްލެސިފިކޭޝަން) މުޅި

ބަޖެޓު ޚަރަދު ބައިކުރެވިފައިފައިވާ މައިގަނޑު ބައިތަކުގެ ޖުމުލަ ހިސާބު (އިކޮނޮމިކް ކްލެސިފިކޭޝަން) ހިމެނިފައިވާއެވެ. އަދި އޮފީސްތަކުގެ އާންމު ބަޖެޓާއި ޕީ.އެސް.އައި.ޕީގެ ދަށުން ހިންގޭ މަޝްރޫޢުތަކުގެ ތަފްސީލުވެސް ހިމެނިފައިވާނެއެވެ.

ޕާޓްނާޝިޕްގެ ދަށުން ކުރިއަށްދާ ޕްރޮޖެކްޓުތަކުގެ ތަފްސީލު
1. ހއ އަދި ލ އަތޮޅުގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ 100 ހައުސިންގ ޔުނިޓްގެ މަޝްރޫޢު
  • 100 ހައުސިންގ ޔުނިޓްގެ މި މަޝްރޫޢަކީ ތަނބުރުމާ ޕްރައިވެޓް ލިމިޓެޑްއާއި ހަވާލުކުރެވިގެން ހއ.ދިއްދޫގައި ޢިމާރާތްކުރެވޭ 50 ހައުސިން ޔުނިޓާއި ލ.ފޮނަދޫގައި ޢިމާރާތްކުރެވޭ 50 ހައުސިންގ ޔުނިޓް
  • މި މަޝްރޫޢުގެ އެއްބަސް ވުމުގައި ސޮއި ކުރެވިފައިވަނީ 20 މެއި 2010
  • ހއ.ދިއްދޫގައި ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ 50 ހައުސިން ޔުނިޓުގެ މަސައްކަތް ނިމި އަދި ހައުސިންގ ޔުނިޓްތައް ވަނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އާއި ހަވާލުކުރެވިފައި
  • ލ.ފޮނަދޫގައި ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ 50 ހައުސިންގ ޔުނިޓުގެ މަސައްކަތްތައް ދަނީ ކުރެވެމުން
2. އެސް.ޖީ.އެއިޓީން އާއި ގުޅިގެން ހުޅުމާލޭގައި އިމާރާތްކުރާ 150 ހައުސިންގ ޔުނިޓް
  • މި މަޝްރޫޢަކީ އެޕެކްސް ރިއަލިޓީއިން ގާކޮށި އަދި އަރަބިއްޔާގައި ކުރިއަށް ގެންދިޔަ މަޝްރޫޢުގެ ދެވަނަ ފިޔަވަހި
  • މި މަޝްރޫޢުގެ އަމާޒަކީ ގެދޮރުނެތުމުގެ ނިކަމެތިކަން ތަޖުރިބާކުރާ މާލެ އަދި ރާއްޖޭގައި ދިރިއުޅޭ އާއިލާތަކަށް ގެދޮރު އަދި އިންފްރާސްޓްރަކްޗަރ ހޯދައިދިނުން
  • ހުޅުމާލޭގައި އިމާރާތްކުރެވޭ މި 150 ހައުސިންގ ޔުނިޓްގެ މަސައްކަތުގެ ތެރެއިން މިހާރުވަނީ ބިން ހަވާލުކުރެވި ޑިވެލޮޕަރވަނީ ކޮންސެޕްޓް ކުރެހުން ހުށަހަޅާފައި
  • މި މަޝްރޫޢުގެ މަސައްކަތްދަނީ ކުރެވެމުން
3. އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް އާއި ގުޅިގެން އިމާރާތްކުރާ 20 ބުރީގެ ހައުސިންގ ޔުނިޓް
  • ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް އާއި ގުޅިގެން ޓީވީ ކޮށީގައި ކުރިއަށް ގެންދާ 20 ބުރީގެ ހައުސިން ޔުނިޓް ޢިމާރާތްކުރުމަށް އަމީން ހިންގޭ މަޝްރޫޢެއް
  • މި މަޝްރޫޢުގެ އަމާޒަކީ ގެދޮރުނެތުމުގެ ނިކަމެތިކަން ތަޖުރިބާކުރާ މާލެ އަދި ރާއްޖޭގައި ދިރިއުޅޭ އާއިލާތަކަށް ގެދޮރު އަދި އިންފްރާސްޓްރަކްޗަރ ހޯދައިދިނުން
  • މި މަޝްރޫޢުގެ މަސައްކަތުގެ މަސައްކަތް ކުރިއަށް ގެންދިއުމުގެ ގޮތުން ޑީޓެއިލް ޑުރޮވިން ފާސްކުރެވި ބިންވަނީ ހަވާލުކުރެވިފައެވެ. އަދި މިހާރު މޮބިލައިޒް ކުރުމުގެ މަސައްކަތްދަނީ ކުރެވެމުން
4. ށ.ފުނަދޫ އަދި އއ.ރަސްދޫ ފެނުގެ ނިޒާމްގެ ސާރވޭ އަދި ޑިޒައިން ކުރުން
  • އެމް.ޑަބްލިޔު.އެސް.ސީ ގެ ސީ.އެސް.އާރ ޕްރޮޖެކްޓްގެ ދަށުން އއ.ރަސްދޫ އަދި ށ.ފުނަދޫ ފެނުގެ ނިޒާމުގެ ސާރވޭ އަދި ޑިޒައިންގެ މަސައްކަތްތައް ކުރުމަށް ކުރިއަށް ގެންދެވޭ މަޝްރޫއެއް
  • މި މަޝްރޫޢުގެ އަމާޒަކީ ކަނޑައެޅިފައިވާ ރަށްތަކުގައި ރައްކާތެރި ބޯފެނުގެ ނިޒާމްއެއް ޤާއިމްކުރުމަށް ކުރަންޖެހޭ މަސައްކަތްތައް އަވަސްކުރުން
  • މި މަޝްރޫޢުގެ ސާރވޭގެ މަސައްކަތްތައް ނިމި މިމަޝްރޫޢުގެ އަމަލީމަސައްކަތް ވަނީ ފެށުފައެވެ.
5. ގއ.ގެމަނަފުށީގެ ނަރުދަމާ ނިޒާމްގެ ސާރވޭ އަދި ޑިޒައިން ކުރުން
  • އެމް.ޑަބްލިޔު.އެސް.ސީ ގެ ސީ.އެސް.އާރ ޕްރޮޖެކްޓްގެ ދަށުން ގއ.ގެމަނަފުށީގެ ނަރުދަމާ ނިޒާމުގެ ސާރވޭ އަދި ޑިޒައިންގެ މަސައްކަތްތައް ކުރުމަށް ކުރިއަށް ގެންދެވޭ މަޝްރޫޢެއް
  • މި މަޝްރޫޢުގެ އަމާޒަކީ ކަނޑައެޅިފައިވާ ރަށްތަކުގައި ރައްކާތެރި ނަރުދަމާ ނިޒާމްއެއް ޤާއިމްކުރުމަށް ކުރަންޖެހޭ މަސައްކަތްތައް އަވަސްކުރުން
  • މި މަޝްރޫޢުގެ ކޮންސެޕްޓް އެޕްރޫވްކޮށް އީ.އޭ.އައި މަސައްކަތްތައް ދަނީ ކުރެވެމުން
6. ކ.ދިއްފުށި ނަރުދަމާ ނިޒާމް ޤާއިމްކުރުން
  • އަލްޓެކް މޯލްޑިވްސްގެ ފަރާތުން ގއ.ގެމަނަފުށީގެ ނަރުދަމާ ނިޒާމުގެ ސާރވޭ އަދި ޑިޒައިންގެ މަސައްކަތްތައް ކުރުމަށް ކުރިއަށް ގެންދެވޭ މަޝްރޫއެއް
  • މި މަޝްރޫޢުގެ އަމާޒަކީ ކ.ދިއްފުށީގައި ރައްކާތެރި ނަރުދަމާ ނިޒާމްއެއް ޤާއިމްކުރުމަށް ކުރަންޖެހޭ މަސައްކަތްތައް އަވަސްކުރުން
  • މި މަޝްރޫޢުގެ އަމަލީމަސައްކަތް ކުރިއަށް ދަނީ.
Copyright © 2023, Ministry of Finance and Treasury